ތިން މުވައްޒަފަކަށް މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދީފި އެވެ.
އެ ތިން މުވައްޒަފުންނާ އެކަމުގެ ލިޔުން ވެސް ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވަނީ އިއްޔެ ހަވާލުކޮށް ދެއްވައިފަ އެވެ. ހައްޖު ދަތުރު ލިބުނު ތިން މުވައްޒަފުންނަކީ ސީނިއާ ފައިނޭންސް އެގްޒެކެޓިވް މުހައްމަދު އަގުލީމާއި ސީނިއާ އެގްޒެކެޓިވް އައިޝަތު ސުނީޒާގެ އިތުރުން ޖެނެރަލް މެނޭޖަރު އިބްރާހީމް ވަހީދެވެ.
Our CEO @shahid2742 & Senior Management met with the recipients of this year's Hajj Trip today.
We would like to extend our heartfelt wishes to those selected and wish them a safe journey. 🕋🌙#MabroorHajj pic.twitter.com/UQ8OikYkqI
— Maldives Ports Limited (@Portmv) June 7, 2023
ޝާހިދު ވިދާޅުވީ އަމާޒަކީ އަންނަ އަހަރު ފަސް މުވައްޒަފަކަށް ހައްޖު ދަތުރު ދިނުން ކަމަށެވެ.
މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ހަތަރު މުވައްޒަފަކަށް ވެސް އެ ކުންފުނިން ދީފައިވެ އެވެ.
Congratulations MWSC Staff Hajj scheme winners of Hajj Draw 1444. May Allah’s blessing light your way, strengthen your faith and bring joy to your heart. pic.twitter.com/bw5eNBBIoj
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) June 5, 2023
މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. ހައްޖަށް ދާ މީހުން ފުރަން ފަށާނީ މި މަހުގެ 12 ގަ އެވެ. މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 28 އެވެ.