Last Updated: April 25, 20:04
Thursday, April 25, 2024
ދުނިޔެ

ޓްރަމްޕް ވެރިކަމަށް ގެންނަން ހެޔޮ ނުވާނެ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވެރިކަމަށް ގެންނަން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ އޭނަގެ ކުރީގެ ނައިބު ރައީސް މައިކް ޕެންސް ފާޑު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕަށް ފާޑު ވިދާޅުވެ އޭނަ ވާހަކަ ދެއްކެވީ ރިޕަބްލިކަން ޕާޓީގެ ފަރާތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާކުރައްވަން ނިންމަވައި އިއްޔެ ރަސްމީކޮށް ކެމްޕޭން ލޯންޗްކުރުމަށް ބޭއްވި ހަފުލާގަ އެވެ. އައޯވާގެ އެއްވުމުގައި ޕެންސް ވަނީ ޓްރަމްޕް ވެރިކަމުގެ ދެވަނަ ދައުރަކަށް 2020 ގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން ސަޕޯޓަރުންތަކެއް ލައްވައި ޖެނުއަރީ، 6، 2021 ގައި ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް، ކެޕިޓޮލް ހިލްގައި ހިންގުވި ހަމަނުޖެހުންތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޕެންސް ވިދާޅުވި ގޮތުގައި ކުރިން އޭނަގެ ހިތުގައި ޓްރަމްޕަމަށް އޮތް އިހުތިރާމާއި ގަދަރު ވެސް ގެއްލުނު އެންމެ ބޮޑު އެއް ސަބަބަކީ އެއީ އެވެ. އަދި ޖެނުއަރީ 6 ގައި ޓްރަމްޕް ހިންގުވި ހަމަނުޖެހުން ޕެންސް ސިފަކުރެއްވީ އަމިއްލަ އެދުމުގައި ގާނޫނުއަސާސީގެ ބާރުކަނޑުވާލަން ކުރެއްވި ކަމެއްގަ ގޮތުގަ އެވެ.

"އަހަރެން ޓްރަމްޕާ ފެއަށް ޖެހުނު މައިގަނޑު އެއް ސަބަބަކީ އެއީ. އަހަންނަކީ ގާނޫނުއަސާސީ އާއޮ ގާނޫނުތަކާއި ގަވާއިދުތަކަށް އަބަދު ވެސް ވެސް ބޯލަނބާނެ އިހުތުރާމު ކުރާނެ މީހެއް." ޕެންސް ވިދާޅުވި އެވެ. "އެހެންވެ އެހެންވެ ދެން އޮތީ އިންތިހާބުގައި ވޯޓް ދޭން ތިބި ރައްޔިތުން އެ މީހުން އިހުތިޔާރު ކުރާނެ ގޮތެއް ނިންމުން."

ޕެންސް ވިދާޅުވި ގޮތުގައި ޓްރަމްޕް ޖެނުއަރީ 6 ގައި ހިންގުވި ހާޖާނުގަނޑުގެ ސަބަބުން އޭނަ އަކީ ވެރިކަމަށް ވާދަކުރައްވަން ކުފޫ ވެސް ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. ޓްރަމްޕަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެކަން އެންމެ ފުރަތަމަ ރަސްމީކޮށް އިއުލާން ކުރެއްވި ބޭފުޅާ އެވެ.

"އަހަރެން ގަބޫލެއް ނުކުރަން ރިޔާސީ ރޭހަށް ނުކުންނަވަން ޓްރަމްޕް ކޮލިފައިވާ ކަމަކަށް ވެސް،" ޕެންސް ވިދާޅުވި އެވެ. "އެހެންވެ ޕާޓީން އޭނަ ޑިސްކޮލިފައި ވެސް ކުރަން ޖެހޭނެ. ގާނޫނުއަސާސީ އަށް ވުރެ މަތީގައި އުޅޭ މީހަކަށް އެމެރިކާގެ ވެރިކަން ދީގެނެއް ނުވާނެ."

ޕެންސްގެ ރިޔާސީ ކެމްޕޭން އިއްޔެ ލޯންޗްކުރެއްވި އިރު، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެކަން އިއުލާންކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ފްލޮރިޑާގެ ކުރީގެ ގަވަރުނަރު ރޮން ޑިސެންޓިސް އާއި ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީ އާއި ވިޔަފާރިވެރިއެއް ކަމަށްވާ ވިވެކް ރަމަސްވާމީ ހިމެނިވަޑައިގަންނަވަ އެވެ.

އެހެންވެ މި ފަހަރު ޕާޓީގެ ޓިކެޓް ހޯއްދަވަން ޓްރަމްޕަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ.