Last Updated: April 16, 13:42
Tuesday, April 16, 2024
ދުނިޔެ

އިންސްޓަ އަށް އޭއައި ޗެޓްބޮޓެއް ގެންނަނީ!

އިންސްޓަގްރާމަށް މިހާރު އާޓިފިޝަލް އިންޓެލިންސް (އޭއައި) ފީޗާއެއް ގެންނަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ،

މިކަމާ ބެހޭ ގޮތުން އެ އެޕް ހިންގާ މެޓައިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނި ނަމަވެސް ޓެކް ދާއިރާގެ އާ ޚަބަރުތައް ތިލަކޮށްދޭ އެލަސެންޑްރޯ ޕަލޫޒީގެ ޓްވީޓްތަކެއްގައި ވަނީ އޭއައިގެ ޗެޓްބޮޓް އިންސްޓްރާމުން މިހާރު ޓެސްޓްކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ. މި ވާހަކަ އޭނަ ހިއްސާކޮށްފައި ވަނީ އެ ފީޗާއާ ގުޅޭ ސްކްރީންޝޮޓަކާ ވެސް އެކީގަ އެވެ.

ރިޕޯޓްތައް ގޮތުން ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު އެއް ޕްލެޓްފޯމް ކަމަށްވާ އިންސްޓަގްރާމަށް އޭއައި ޗެޓްބޮޓާ އެކީ، ސުވާލުތަކަށް ޖަވާބު ހޯދުމާއި ކަންކަމާ ގުޅޭ ގޮތުން ލަަފަ އާއި އިރުޝާދު ވެސް ހޯދޭނެ އެވެ. އަދި މިގޮތަށް ކުރެވޭ މުއާމަލާތްތަކާ އެކީ މިހާރަށް ވުރެ ބޮޑަށް އިންސްޓަގްރާމްގެ "އިންޓަރެކްޝަން" ބޮޑުވެގެންދާނެ އެވެ.

އެލަންސެންޑްރޯ ބުނެފައިވާ ގޮތުގައި އިންސްޓްގްރާމްގެ އޭއައި ޗެޓްބޮޓާ އެކީ ދާއިރާތަކުން 30 ވަރަކަށް "ޝަހުސިއްޔަތުންނާ" މުއާމަލާތް ކުރެވޭނެ އެވެ.

އިންސްޓައާ ބެހޭ މި ވާހަތަކާ ގުޅޭ ގޮތުން މެޓައިން އަދި ހިމޭނުން އޮތަސް މިދިޔަ ފެބްރުއަރީ މަހުގައި އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާވް ވަނީ އޭއައި ޕާސޮނާތަކާ ޑިވޮލްޕްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި މެޓަގެ ޕްލެޓްފޯމްތަކުގެ އޭއައިގެ ވަކި އޮންނާނެ ކަމަށް ގަބޫލުކުރަން ޖެހެ އެވެ.

މެޓަ އިން ހިންގާ މަގުބޫލު އެއްޗެހީގެ ތެރޭގައި ފޭސްބުކާއި ވަޓްސްއެޕް އަދި މެސެންޖާ ހިމެނެ އެވެ.