ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފައްދެމަށް މަސައްކަތްކުރާ 'ދަ ޑިމޮކްރެޓްސް' ޕާޓީގެ ހަރުގެ ހަރަކާތްތައް ފަށައފިއެެވެ.
އެމްޑީޕީގެ ޖަގަހަ ކުރިން ހިންގަމުންއައި ތަނުގައި ރޭ ވަނީ ދަ ޑިމޮކްރެޓްސްގެ ޖަގަހަ ހަރަކާތްތައް ފަށާފައެވެ. އެގޮތުން ރޭ ވަނީ ހަރުގެއަށް ކިޔާނެ ނަމެއް ކަނޑައެޅުމަށް މަޝްވަރާ ކޮށްފައެވެ.
މީގެއިތުރުން ޖަގަހައިގައި ހުކުރު ދުވަހުގެރޭ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
ދަ ޑިމޮކްރެޓްސް ހައުސް – ޑިމޮކްރަޓުންގޭގެ ހަރަކާތްތައް ފެށިގެން ބާރަށް ކުރިއަށް#WeTheDemocrats 💙 pic.twitter.com/xeM38Of2xb
— Mohamed Azuwar (@Azuw_ar) June 7, 2023
'ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 2023 މެއި 24 ވަނަ ދުވަހުއެވެ. ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް ޖޫން 1 ގައި 3560 ފޯމު އެ ޕާޓީން އީސީއަށް ހުށަހަޅާފައިވެއެވެ.