Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އިންނަމާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އަށް

ރ. އިންނަމާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި، އަލަށް އިތުރުކުރެވޭ ބަނދަރުގެ ބޭސިން ފުންކުރުމާއި، ޗެނަލް ފުންކުރުން، 204 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުން، 400 މީޓަރ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން، 18 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޤާއިމްކުރުން، 478 މީޓަރ އެއްގަމު ތޮށި ޖެހުން ހިމެނެއެވެ. މީގެއިތުރުން 478 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 2 ނެވިގޭޝަނަލް އެއިޑް ޤާއިމްކުރުން، 52 މޫރިންގ ރިންގް ހަރުކުރުން، ރޭމްޕެއް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި މަގު ބައްތި ހަރުކުރުން އަދި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

މި މަޝްރޫއަށް ޖުމުލަ 72,585,010.44 ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.