Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު މީޑިއާތަކަށް ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ބުނީ މައިގަނޑު ދެ ކެޓަގަރީއަކުން ދޭ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ނޫސްވެރިކަމުގެ އިނާމު ދޭނީ ނޫސް މަޖައްލާ ކެޓަގަރީ އާއި ބްރޯޑްކާސްޓިން ކެޓަގަރީންނެވެ. އެގޮތުން ދެ ކެޓަގަރީން ޖުމްލަ 12 އެވޯޑެއް ދޭނެ އެވެ.

އެވޯޑް ދެވޭ ދާއިރާތަކަކީ ތަހުގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސާދު، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، ފީޗާ، އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އެވެ.