Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އެކުންފުނިން މިއަހަރު ތިންވަނަ ފަހަރަށް ހެޔޮކޮށްފިއެވެ.

ތެލުގެ އަގަށް އެސްޓީއޯއިން މިހާރު ގެނައި ބަދަލުގެ ތެރެއިން ޑީސެލް ލީޓަރަކުން 63 ލާރި ހެޔޮކޮށްފައިވާއިރު، ޕެޓްރޯލް ލީޓަރަކުން 41 ލާރި ވަނީ ހެޔޮކޮށްފައެވެ. މިއާއެކު މިހާރު ޕެޓްރޯލް ލީޓަރެއް 14.73ރ. އަށް ވަނީ ތިރިވެފައެވެ. އަދި ޑީސެލް ލީޓަރެއް 15.07 ލާރިއަށް ވަނީ ތިރިވެފައެވެ. މި ބަދަލާއި އެކު 9 ޖޫން ވާ ހުކުރު ދުވަހުން ފެށިގެން އެސްޓީއޯއިން ތެޔޮ ވިއްކާނީ މި ރޭޓުގައެވެ.


އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މޭއި މަހު އެއްވަނަ ދުވަހުއެވެ. އެފަހަރު ޑީސެލް ލީޓަރެއް 16.32ރ. އިން 15.70ރ. އަށް ތިރިކުރިއެވެ. އަދި ޕެޓްރޯލް ލީޓަރެއް 15.97ރ. އިން 15.14ރ. އަށް އަގު ވަނީ ތިރިކޮށްފައެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ އަގަށް ބަލާފައި ކަމަށް އެކުންފުނިން ބުނެއެވެ.