Last Updated: April 26, 18:07
Friday, April 26, 2024
މުނިފޫހިފިލުވުން

ވަރޫން އިންޑިއާގެ ރައީސާ އެކީ

ބޮލީވުޑްގެ ތަރި ވަރޫން ދަވަން އިންޑިއާގެ ރައީސް ދުރޯޕަޅީ މުރްމޫއާ އެކީ ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފި އެވެ.

އޭނަ ޕޯސްޓްކުރި ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯގައި ވަރުން އާއި ބަތަލާ ސަމަންތާ ރޫތު ޕްރަބޫއާ އެކީ ރައީސް ފޮޓޯއަކަށް ހުއްޓި ވަޑައިގެން ހުންނަވާ އިރު، އަނެއް ފޮޓޯގައި އެ މީހުން މިހާރު ކުޅެމުން އަންނަ ސީރީޒް "ސިޓަޑެލް އިންޑިއާ" ގެ ޓީމު، ރައީސާ އަކީ ފޮޓޯއަކަށް ހުއްޓިގެން ތިބޭ ތަން ފެނެ އެވެ. އޭގެ ތެރޭގައި ސީރީޒްގެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ހިމެނެ އެވެ.

"ސިޓަޑެލް އިންޑިއާ" ގެ ޓީމަށް އެ މީހުންގެ ގައުމުގެ ރައީސާ ބައްދަލުކުރަން ފުރުސަތު ލިބުނީ އޭގެ ޝޫޓިން އަށް މިހާރު ސާބިއާ އަށް ކުރާ ދަތުރުގެ ތެރެއިންނެވެ. އެ ވާހަކަ ވަރޫންގެ ޕޯސްޓްގައި ވެސް ހިއްސާކޮށް، ރައީސާ ބައްދަލުވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ބުނެފައިވެ އެވެ.

ދުރޯޕަޅީ މުރްމޫ އިންޑިއާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖުލައި 25 ގަ އެވެ.

ވަރުން އާއި ސަމަންތާ ލީޑް ރޯލު ކުޅޭ "ސިޓަޑެލް އިންޑިއާ" އެޕްރީލް މަހުގެ ފަހުކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗަޑް މެޑެންގެ ސީރީޒް "ސިޓަޑެލް" ގެ އިންޑިއާގެ ވާޝަނެވެ.