Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މޯލްޑިވް ގޭހުގެ ޑީއެމްޑީ ވަކިކޮށްފި

އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ މޯލްޑިވް ގޭހުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު މަގާމުން ވަކިކޮށްފި އެވެ.

އޭނަ މަގާމުން ވަކިކޮށްފައި މި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައި ވަނިކޮށެވެ.

މަގާމިން ވަކިކުރުމާ ގުޅިގެން ޝަރީފު ވިދާޅުވީ އޭނަ ހުންނެވި ސިޔާސީ މަގާމެއްގައި ނޫން ކަމަށާއި މޯލްޑިވް ގޭހުގެ ޑީއެމްޑޯގެ މަގާމަށް ވަޑައިގެންނެވީ ކޮންޓްރެކްޓް އުސޫލުން ކަމަށެވެ. އެހެންވެ އޭނަ މަގާމުން ވަކިކުރި ސަބަބެއް ސާފު ނުވާ ކަމަށް ވިދާޅުވި އެވެ.

އަދާކުރެއްވި ވަޒީފާއެއްކަމަށެވެ. އަދި ބޯޑް ޑިރެކްޓަރުކަމަށް އައްޔަނުކުރީ އެސްޓީއޯއިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެސްޓީއޯއަކީ މޯލްޑިވް ގޭހުގެ ބޮޑު ހިއްސާދާރެވެ.

ޝަރީފަކީ ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ކުރިން ސިޔާސީ މަގާމެއް ފުރުއްވި ބޭފުޅެކެވެ. ނަމަވެސް 2021 ވަނަ އަހަރު އޭނާ ވަނީ އާރުޑީސީގައި އޭރު އަދާކުރަމުން އައި ޑީއެމްޑީގެ މަގާމުންނާއި، ބޯޑު މެމްބަރުކަމުން ވެސް ވަކިކޮށްފައެވެ.

ދަ ޑިމޮކްރެޓިކްސް އަށް ސޮއިކުރި ބައެއް މީހުން މިދިޔަ މަހު ވެސް ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފައިވެ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.