Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ލަވަ މުބާރާތުގައި 32 ސްކޫލަކުން ވާދަ ކުރޭ

ދައުލަތު މީޑިއާ، ޕީއެސްއެމުން އިންތިޒާމުކޮށްގެން ބާއްވާ ސްކޫލް ކުދިން ލަވަ މުބާރާތުގައި 32 ސްކޫލަކުން 273 ދަރިވަރުން ވާދަކުރާ ކަމަށް ބުނެފި އެވެ.

ކުރިން ވަރަށް ފޯރީގައި އައި މުބާރާތް 8 އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު އަލުން ބާއްވާ އެންމެ ފަހުިގެ ތައްތާރީތައް ވަމުން އަންނަ އިރު، މުބާރާތް ކުރިއަށް ދާނީ މި މަހުގެ 16-20 އަށެވެ.

ޕީއެސްއެމުން ބުނީ "އިންޓަ ސްކޫލް ލަވަ މުބާރާތް" ބާއްވަނީ ހަ އުމުރުފުރާއަކަށް ބަހާލައިގެން ކަމަށެވެ. މި މުބާރާތް ޕީއެސްމްގެ "ޔެސް ޓީވީ" އިން ގެނެސްދޭނެ އެވެ. މުބާރާތުގައ ދަރިވަރުން ލަވަތައް ހުށަހަޅައި ދޭނީ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

މުބާރާތުގެ ފިނާލޭ ގެނެސްދޭނީ މި މަހުގެ 24 ގަ އެވެ. މި ފަހަރު މުބާރާތުގެ ޖަޖުންނަކީ މިފަހަރުގެ މުބާރާތުގެ ފަނޑިޔާރުންގެ
ކާނަލް ޢަލީ މަނިކު (ދާރި)، އާދަމް ނަސީރު އިބްރާހީމް، ޝިފާ ތައުފީގު، މުޙައްމަދު އާމިރު އަހުމަދު (ފަރެސް)، މަރްޔަމް އުނޫޝާ، މުޙައްމަދު ސުހައިލް އަދި ފާތިމަތު ފެޒްލީން އެވެެ.

"އިންޓަ ސްކޫލް ލަވަ މުބާރާތް" ބާއްވަނީ ޕީއެސްމާއި އާޓްސް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގުޅިގެންނެވެ.

"އިންޓަ ސްކޫލް ލަވަ މުބާރާތް" އެންމެ ފުރަތަމަ ބޭއްވީ 1988 ގަ އެވެ. މި މުބާރުގައި ވާދަކުރި ބައެއް ދަރިވަރުން ފަހުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނަށްވެފައިވެ އެވެ.