Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

"މީސް ޕޯޓަލް" ލޯންޗްކޮށްފި

ޔޫތު މިނިސްޓްރީގެ ޕޯޓަލް "މީސް ޕޯޓަލް" ރޭ އިފުތިތާހުކޮށްފިއެވެ.

ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި، ޕޯޓަލް އިފްތިތާހުކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

"މީސް ޕޯޓަލް" އަކީ ކުޅިވަރު ޖަމިއްޔާތަކާއި މަދަނީ ޖަމިއްޔާތަކުން މިނިސްޓްރީއާ ކުރަންޖެހޭ މުއާމަލާތްތައް ކަރުދާހުން ކުރުމުގެ ބަދަލުގައި އޮންލައިންކޮށް ފޯރުކޮށް ދިނުމަށް ތައްޔާރުކުރި ޕޯޓަލެކެވެ. މި

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވީ، ޖަމިއްޔާތަކުގެ ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ޖަމިއްޔާތައް ރަޖިސްޓްރީކުރުމުގެ މަރުހަލާ ލަސްވުން ކަމަށެވެ. ނަމަވެސް ޕޯޓަލް މެދުވެރިކޮށް މިހާރު އެންމެ ތިން ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"މީސް ޕޯޓަލް" މެދުވެރިކޮށް،ނަން ރިޒަވޭޝަން، ސީއެސްއޯ ރެޖިސްޓްރޭޝަން، ކްލަބް ރެޖިސްޓްރޭޝަން، އަދި އެސޯސިއޭޝަން ރެޖިސްޓްރޭޝަންގެ ޚިދުމަތް ލިބޭނެ އެވެ. ޕޯޓަލް މެދުވެރިކޮށް ދޭ އެހެނިހެން ރެޖިސްޓްރޭޝަންގެ ތެރޭގައި؛ ލޯގޯ ރެޖިސްރޭޝަނާއި ދިދަ ރެޖިސްޓްރޭޝަންގެ ޚިދުމަތް ވެސް ހިމެނެއެވެ.
މީގެ އިތުރުން މެމްބަރުން ރަޖިސްޓްރީކުރުމާއި އެކްސްކޯ ރެޖިސްޓްރޭޝަންގެ އިތުރުން ގާނޫނާއި ގަވާއިދުތަކާ ގުޅުންހުރި ޚިދުމަތްތަކާއި، އަދި މި ނޫން ވެސް ޔޫތު މިނިސްޓްރީއާ ގުޅުންހުރި މުހިންމު ހިދުމަތްތައް ލިބޭނެ އެވެ.