ބޮލީވުޑްގެ ބޮޑު ތިން ފިލްމެއް މި އަހަރުގެ އޮގަސްޓް 11 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މި ތިން ފިލްމަކީ ސަނީ ޑިއޯލްގެ "ގަދަރު 2" އާއި ރަންބީރް ކަޕޫރްގެ "އެނިމަލް" ގެ އިތުރުން އަކްޝޭ ކުމާރުގެ "އޯއެމްޖީ 2" އެވެ. މި ތިން ފިލްމަށް ބަލާ އިރު "ގަދަރު" އާއި "އެނިމަލް" އޮގަސްޓް 11 ގައި ސިނަމާ އަށް ގެންނާނެކަން އިއުލާންކޮށްފައި އޮތީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
"ގަދަރު 2" އަކީ ސަނީގެ ކެރިއަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ 2001 ގެ ވަތަނީ ފިލްމު "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ހިންދީ ފިލްމަކީ ވެސް މި އެވެ.
ރަންބީރްގެ "އެމިނަލް" އަކީ ޑާކް ތުރިލާއެކެވެ. އޭނަ ވަރަށް ތަފާތު ރޯލަކުން ފެންނާނެ މީގެ ޑައިރެކްޓަރަކީ 2019 ގެ "ކަބީރް ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާ އެވެ. "ގަދަރު 2" އަށް އޮގަސްޓް 11 އަށް ތާވަލު ކުރުމުން "އެނިމަލް" ގެ ތާރީހަށް ބަދަލެއް ގެންނަން އުޅޭކަމުގެ އަޑުތަކެއް ވެސް އެރި އެވެ.
އެކަމަކު މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް މިއަދު ބުނީ އެ ފިލްމުގެ ތާރީހަށް ބަދަލެއް ގެންނަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
އަކްޝޭގެ "އޯއެމްޖީ 2" އޮގަސްޓް 11 ގައި ރިލީޒްކުރާނެކަން މިއަދު އެވެ. ފިލްމުގެ ޕޯސްޓަރާ އެކީ އެކަން އިއުލާންކޮށް ޕްރޮމޯޝަންތައް މިހާރު ވަނީ ފަށައިފަ އެވެ. މި ފިލްމަކީގެ 2012 ގެ އޯ މައި ގޯޑް އޯއެމްޖީ) ގެ ސީކްއެލް އެވެ.
މަޝްހޫރު ތަރިންތަކެއްގެ ފިލްމުތަކެއް އެއް ދުވަހެއްގައި ރިލީޒްކުރާތީ ގިނަ ބަޔަކު މިހާރު ތިބީ ބޮކްސް އޮފީހުގައި ކުރި ހޯދާނެ ފިކްމެއް ބަލަން ވެސް ކެތްމަދުވެފަ އެވެ ފާހަގަކޮށްލެވޭ ކަމަކީ ޖޯންރާގެ ގޮތުން ވަރަށް ތަފާތު ތިނެތި ކަމެވެ. އެހެންވެ ކޮންމެ ފިލްމަކަށް ވެސް އެއަށް ހައްގު މިންވަރު ލިބޭނެ ކަމަށް ބަލަމާ ހިނގާށެވެ.