Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އައިޖީއެމްއެޗަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަނީ

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލަށް ހޯދަން އިއުލާންކޮށްފައި ވަނީ 29 ރެޖިސްޓަރޑް ނަރުހުންނެވެ. އެހެންވެ އެ މަގާމުތަކަށް ޝައުގުވެރިވާ ނަރުހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އައިޖީއެމްއެޗުން ބުނީ ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުން ކުރިއަށް ގެންދާނީ މި މަހުގެ 18 އިން އަންނަ މަހުގެ 15 އާ ދޭތެރޭ ކަމަށެވެ.

ރަޖިސްޓާޑް ނަރުހުންގެ އަސާސީ މުސާރައަކީ މަހަކު 11،428ރ. އެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 5،333ރ.އަދި ޙާޒިރީ އިނާޔަތުގެ ގޮތުގައި މަސައްކަތަށް ޙާޒިރުވާ ދުވަހަކަށް 144ރ. ލިބޭނެ އެވެ. މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ ފައިސާ ވެސް ލިބޭނެ އެވެ.