Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ނަޝީދު ޗާޓަށް ރުޖޫއަވާން ގޮވާލަން: ރޮޒޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ހުއްޓިވައިގެން އަނެއްކާ ވެސް ސަލާމަތްނުވާ ހިސާބަށް ވަޑައިގަންނަވާ ކަމަށާއި އެހެންވެ އެ މަނިކުފާނު ޗާޓަށް ރުޖޫއަވެވަޑައިގަތުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ގޮވާލައްވައިފި އެވެ.

ނަޝީދުގެ އަމަލުތަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ މެމްބަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ނަޝީދުގެ ވެރިކަމުގެ ކްރިނިމަލް ކޯޓްގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ މައްސަލައިގައި ކަންތައްތައް ކުރެއްވި ގޮތް ތަކުރާރުކުރައްވަން އުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.

"މިއަދު ވެސް މި ފެންނަނީ ގަވާއިދާ ހިލާފަށް މަޖިލީހުގެ ކޮމިޓީތައް ހުއްޓުވައި މަޖިލީހުގެ މަސައްކަތް ހުއްޓޭ ހިސާބަށް ގެންގޮސް އަމިއްލަ އަށް ސަލާމަތް ނުވާ ހިސާބަށްދާ ތަން،" ރޮޒޭ ވިދާޅުވި އެވެ. "ޗާޓަށް އަނބުރާ ރުޖޫއަށްވުމަށް ގޮވާލަން."

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ނަޝީދު އިސްކޮށް ހުންނަވައިގެން ޕާޓީއެއް ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ އިރު، ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އެމްޑީޕީން އޮތީ 54 މެމްބަރުންގެ ސޮޔާ އެކީ ހުށަހަޅައިފަ އެވެ.