Last Updated: July 21, 11:48
Tuesday, July 21, 2026
ދުނިޔެ

މި އަހަރުގެ މިސް ވޯލްޑް އިންޑިއާގައި

ދުނިޔޭގެ އެންމެ ބޮޑު ރީތީގެ މުބާރާތް ކަމަށްވާ މިސް ވޯލްޑް މުބާރާތް މި އަހަރު އިންޑިއާގައި ބާއްވަން ނިންމައިފި އެވެ.

އެކަން އިއުލާންކޮށް ބުނެފައި ވަނީ 71 ވަނަ މިސް ވޯލްޑް މުބާރާތް އޮންނާނީ މި އަހަރުގެ ފަހުކޮޅު ކަމަށެވެ. ނަމަވެސް މުބާރާތް ބާއްވާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިސް ވޯލްޑް މުބާރާތް މި އަހަރު އިންޑިއާގައި ބާއްވާކަން އިއުލާންކުރީ ވެރިރަށް، ނިއު ދިއްލީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ. އޭގައި މިސް ވޯލްޑްގެ އޯގަނައިޒޭޝަންގެ ޗެއަމާން ޖޫލިއާ މޯލީއާ އެކީ މިދިޔަ އަހަރުގެ މިސް ވޯލްޑް ޕޮލޭންޑްގެ ކެރޮލީނާ ބިއެލޯސްކާގެ އިތުރުން މި އަހަރުގެ މިސް ވޯލްޑްގައި އިންޑިއާ ތަމްސީލުކުރާ، މި އަހަރުގެ މިސް އިންޑިއާ ސިނީ ޝެޓީ ވެސް ބައިވެރިވި އެވެ.

އިންޑިއާގައި 71 ވަނަ މިސް ވޯލްޑް މުބާރާޔް ބޭއްވުމާ ބެހޭ ގޮތުން ޖޫލިއާ ވމިދާޅުވީ ގާތްގަނޑަކަށް 30 އަހަރު ފަހުން އަނެއްކާ ވެސް މި އިވެންޓްގައި އިންޑިއާގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އިންޑިއާ އަކީ މިފަދަ މުބާރާތެއް ބާއްވަން އެންމެ އެކަށީގެންވާ އެއް ގައުމު." އޭނަ ވިިދާޅުވި އެވެ.

މިސް ވޯލްޑް މުބާރާތް އެންމެ ފަހުން އިންޑިއާގައި ބޭއްވީ 1996 ގަ އެވެ.

އިންޑިއާގެ މީހަކު އެންމެ މިސް ވޯލްޑް ޓައިޓްލް ކާމިޔާބުކުރީ 2017 ގަ އެވެ. އެ އަހަރު މުބާރާތުގެ ތާޖު ލިބުނީ މިދިޔަ އަހަރު ބޮލީވުޑްގެ ފިލްމު "ޕްރިތުވީ ސަމްރާޓް" އިން އެކްޓިން އަށް ނުކުތް މަނޫޝީ ޗިލާރް އެވެ. އިންޑިއާ އިން އެންމެ ފުރަތަމަ މިސް ވޯލްޑް ހޯދީ 1966 ގަ އެވެ. އެ އަހަރުގެ މިސް ވޯލްޑަކީ ރީތާ ފާރިއާ އެވެ. މިސް ވޯލްޑް ހޯދާފައިވާ އިންޑިއާ މީހުންގެ ތެރޭގައި އައިޝްވާރިއާ ރާއީ (1994)، ޑަޔާނާ ހޭޑެން (1997)، ޔުކްތާ މޫކީ (1999) އަދި ޕްރިޔަންކާ ޗޯޕްޅާ (2000) އެވެ.