ދޮގު ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ އަތުލި މައްސަލައެއްގައި ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފްގެ މަންމަ، އައިޝާ ޝްޕޮރް އެ މީހުންގެ ކުންފުނީގެ މުވައްޒަފެއްގެ މައްސަލަ ފުލުންހުންނަށް ރިޕޯޓްކޮށްފި އެވެ.
މީޑިއާތަކުން ބުނީ މަޝްރު އެކްޓަރު ޖެކީ ޝްރޮފްގެ އަންހެނުން މުމްބާއީގެ ސަންޓާ ކްރޫޒް ފުލުހުންނަށް ހުށަހެޅީ އޭނަގެ ދެ ދަރިން ކަމަށްވާ ޓައިގާ އާއި ކްރިޝްނާ ޝްރޮގް ވެސް ހިއްސާވާ ގޮތަށް ހިންގަމުން އަންނަ މިކްސް މާޝަލް އާޓްސް (އެމްއެމްއޭ) ފިޓްނެސް ސްޓޫޑިއޯ، "އެމްއެމްއޭ މެޓްރިކްސް" ގެ އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުރި އެލަން ފެނާންޑޭޒް ގިނަ އަދަދެއް ފައިސާ "ފޭރިގަތް" މައްސަލަ އެވެ.
އެގޮތުން އިންޑިއާ އާއި އެ ގައުމުން ބޭރުގެ އެމްއެމްއޭގެ ޕްރޮގްރާމްތަކެއް ހިންގަން ކަމަށް ބުނެ ހޯދި 58.53 ލައްކަ ރުޕީސް އަށް އެލަން ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެފައިވެ އެވެ. އައިޝާ ފުލުހުންނަށް ހުށަހެޅި މައްސަލާފައިވާ ގޮތުން އެލަން އެ ފައިސާ ހޯދީ އެމްއެމްއޭގެ 11 ގެ ޕްރޮގްރާމެއް ހިންގަން ކަމަށް ބުނެ އެވެ. އަދި އެ ފައިސާ އެލަންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަށް އޭނަ ހިޔާނާތްތެރިވެފައިވާ ކަމަށް ބުންޏެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޓައިގާ އާއި އޭނަގެ ދައްތަ ސޯޝަލް މިޑިއާގައި ވެސް ވަރަށް ބޮޑަށް ޕްރޮމޯޓްކުރާ "އެމްއެމް މެޓްރިކްސް" އާ އެލަން ޑިރެކްޓަރެއްގެ ގޮތުގައި ގުޅުނީ 2018 ގަ އެވެ.