Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ބީއެމްއެލް އިން 50،000ރ. ހޯދުމުގެ ފުރުސަތު

ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ފައިނޭންސިންއަށް ހުށަހަޅައިގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތުއޮތް ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ފެށި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ބީއެމްއެލް އިސްލާމިކް ފައިނޭންސިންގ ގެ ކޮންމެ ޕްރޮޑަކްޓަކަށް ވެސް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 3000 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ގްރޭންޑް ވިނަރ އަށް 50،000 ރުފިޔާ ލިބޭނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ 10 ޖޫން ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 އަކުން މެންދުރު 2:00 ޖަހަންދެން ކަސްޓަމަރުންނަށް އޯޕަންޑޭ ގައި ބައިވެރިވެ ބީއެމްއެލް އިސްލާމިކް ބްރާންޗަށް ވަޑައިގެން ބީއެމްއެލް އިސްލާމިކް ފައިނޭންސިންގ ޕްރޮޑަކްޓް ގެ މައުލޫމާތު ސާފުކޮށް ހިދުމަތައް އެދި ހުށަހެޅޭނެ ކަމަށެވެ

މި ޕްރޮމޯޝަން ކުރިޔަށްދާނީ 10 ޖޫން އިން 22 ޖުލައި 2023 ގެ ނިޔަލަށް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.