Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޤާސިމަށް ރައީސް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

ރައީސް މުހައްމަދު ނަޝީދު އަދި ޤާސިމް އިބްރާހިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖޭޕީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އެރުވުމުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޤާސިމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ޤާސިމަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކުރުމަކީ އެންމެންގެވެސް ވާޖިބެއް ކަމަށެވެ.

ޤާސިމަށް ރައީސް ނަޝީދު މަރުހަބާ ދެންނެވިއިރު ރިޔާސީ އިންތިހާބަށް ދެ ބޭފުޅުން އެކުގައި މަސައްކަތްތަކެއް ކުރައްވާ މަޝްވަރާތަކެއްވެސް ކުރެއްވިއެވެ.

އެހެންނަމަވެސް ބަރުލަމާނީގެ ހުށަހެޅުން ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅުއްވުމުން ޤާސިމްގެ ފަރާތުން އެ ހުށަހެޅުން ގަބޫލުނުކުރެއްވިކަމުގެ އަޑުތަކެއް ފެތުރުނެވެ. އަދި އެހިސާބުން ދެބޭފުޅުން އެކުގައި މަސައްކަތްކުރެއްވުން ނިމުމަކަށް އައިކަމަށްވެސް އަޑު ފެތުރުނެވެ. އޭގެފަހުން ރައިސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ވަނީ ވަކި ސިޔާސީ ޕާޓީއެއް އުފެއްދާފައެވެ.