ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ޙައްޖަށް ދާ މީހުންނަށް ލޮކޭޓިން ޑިވައިސްއެއް ދޭން ނިންމައިފި އެވެ.
މިއީ ދިވެހި ހައްޖުވެރިން ގެއްލޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ދޭ ޑިވައިސްއެކެވެ.
ހައްޖު ކޯޕަރޭޝަން ބުނި ގޮތުގައި ލޮކޭޓިން ޑިވައިސް ދޭނީ އޭގެ ބޭނުން އެންމެ ބޮޑަށް ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެފަދަ މީހުން ދެނެގަތުމުގެ މަސައްކަތްތައް ކުރަމުން އަންނަ އިރު، ހައްޖުވެރިން ސަޢުދީ އަރަބިއްޔާ އަށް އެތެރެވާ ހިސާބުން ޑިވައިސްދޭނެ ކަމަށް ބުންޏެވެ. މީގެ އެހީގައި ޙަރަމްފުޅުގެ ތެރެއިން ނުވަތަ ޙައްޖުވެރިން ތިބޭ ހޮޓަލުގެ ބޭރުން ވެސް ހައްޖުވެރިއަކު ގެއްލިއްޖެ ނަމަ އެމީހަކު ހުރި ތަނެއް ފަސޭހަކަމާ އެކީ ދެނެގަނެވި އެ މީހަކު ހޯދޭނެ އެވެ.
ރާއްޖެއިން މި އަހަރު ޙައްޖަށް މީހުން ފުރަން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. މި އަހަރު ރާއްޖެ އިން ހައްޖަށް ދަނީ 1،000 މީހުންނެވެ. އޭގެ ތެރެއިން 600 ކޯޓާ ދީފައި ވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. ދީފައެވެ.
ބާކީ ތިބި މީހުން ހައްޖަށް ދަނީ ތިން ގްރޫޕެއްގެ ހަވާލުގަ އެވެ. އެއީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕާއި އަލްމަނާސިކްގެ އިތުރުން އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ އެވެ.