ސްޕައިޑަ މޭން އާއި ބްލެކް ޕެންތާ، އާއި ތޯ އަދި ހަލްކް ފަދަ ބެލުންތެރިންގެ ލޯބި ހޯދާފައިވާ އެތައް ބައިވަރު ސުޕަހީރޯ ކެރެކްޓާތާކެއް އުފަންކުރުވި ހޮލީވުޑްގެ ކުރީގެ ލެޖެންޑްރީ ލިޔުންތެރިޔާ ސްޓޭން ލީގެ ޑޮކިއުމަންޓަރީ މި މަހުގެ 16 ގައި ޑިޒްނީ ޕްލަސް އިން ޕްރީމިއާކުރަން ނިންމައި އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
މާވެލް ސްޓޫޑިއޯސްގެ މި ޑޮކިއުމަންޓަރީ އަށް ކިޔަނީ ވެސް "ސްޓޭން ލީ" އެވެ. އޭނަ ވަނީ އުމުރުން 95 އަހަރުގައި ނޮވެމްބަރު 12، 2021 ގައި މަރުވެފަ އެވެ.
މާވެލް ކޮމިކްސްއާ އެކު އެތައް ބަޔަކު އެހެން ދުނިޔެތަކެއްގެ ތެރެއަށް ގެންގޮސްދިން ސްޓޭން ލީ އަކީ ވަރަށް ޒުވާން އުމުރުގައި ކޮމިކްގެ މަސައްކަތްތަކުގެ ތެރެއަށް ނުކުމެ ލިޔުންތެރިކަމާ އެކީ ގަދަފަދަ ކެރެކްޓާތަކާ އެކު، އުފެއްދުންތެރި މަސައްކަތްތަކެއްކޮށްފައިވާ ޝަހުސިއްޔަތެކެވެ. އެވެ. އޭނާ އަދި ފާހަގަ ކުރެވެނީ މާވެލްގެ ސުޕަހީރޯ ކެރެކްޓާތަކާ އެކު ގެނެސް ދިން ބައެއް ފިލްމުތަކުގައި ހާއްސަ ފެނިލުންތަކުން ވެސް ބެލުންތެރިންނާ ސްކްރީނުން ބައްދަލުކޮށްފައިވާ ފަންނާނެއްގެ ގޮތުގަ އެވެ.
ސްޓޭން ލީގެ ކޮމިކްތަކުގެ ތެރޭގައި އެކްސް މެން، ޑެއާޑެވިލް ކެޕްޓެން އެމެރިކާ، އެވެންޖާސް އަދި އަޔަން މޭން ފަދަ އެތައް ކޮމިކެއް ހިމެނެ އެވެ.