އިނގިރޭސިވިލާތުގެ މަޝްހޫރު ބިލިއަނަރު ރިޗާޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެ އެއާލައިނުގެ ވެބްސައިޓުން މިހާރު ރާއްޖޭގެ ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށާފައިވާއިވާއިރު، ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ދަތުރު ލަންޑަނުގެ ހީތުރޯއިން ރާއްޖެއަށް މިހާރު ޝެޑިއުލްކޮށްފައި ވަނީ، މިއަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަށެވެ.
The Maldives is stunningly beautiful – and @VirginAtlantic is going to fly there from October too. It’s even better that you can book a reward seat to get there through @VirginRed too! Here’s how: https://t.co/jLQMW2YPfi pic.twitter.com/gmj84leVXP
— Richard Branson (@richardbranson) June 8, 2023
އެގޮތުން އެ އެއާލައިނުން ދަތުރުތައް ފެށުމާއެކު ހަފްތާއަކު ތިން ފްލައިޓް ރާއްޖެއަށް ދަތުރުކުރާނެ އެވެ. ވާޖިން އެޓްލާންޓިކް އެއާލައިނަކީ މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުކުރި އެއާލައިނެކެވެ.
ވާޖިން އެޓްލާންޓިކް އެއާލައިނަކީ ދުނިޔޭގެ 5 ބައްރުގެ 34 މަންޒިލަކަށް ދަތުރުތައް ކުރަމުން އަންނަ އެއާލައިނެކެވެ.