Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

މި އަހަރުގެ އަމީރުލް ހައްޖަކީ ފައިސަލް

މި އަހަރުގެ އަމީރުލް ހައްޖަކަށް ނައިބު ރައީސް ފައިސަލް ނަސީމު ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެ އިން ދާ ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ފައިސަލް ކަމަށް ހަމަޖެއްސެވީ ރައީސއް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ.

އަމީރުލް ހައްޖަކަށް ފައިސަލް ހަމަޖެއްސެވި އިރު އެ މަނިކުފާނު ގެންދަވަނީ އިސްލާމިކް މިނިސްޓްރީން ހައްޖާ ގުޅޭ ގޮތުން ކުރައްވާ މަސައްކަތްތައް ވަރަށް ގާތުން ބައްލަވައި އިންތިޒާމުތައް ވެސް ވީހާ ވެސް ފުރިހަމަކޮށް ކުރިއަށް ގެންދެވުމަށް ބާރު އަޅުއްވަމުންނެވެ.

ރާއްޖެއިިން ހައްޖަށްދާ މީހުން މާދަމާ ފުރަން ފަށާނެ އެވެ. އަދި ހައްޖުވެރިންގެ ފަހު ގްރޫޕް ފުރާނީ މި މަހުގެ 19 ގަ އެވެ.

ރާއްޖެ އަށް މި އަހަރު 1،000 ހައްޖު ކޯޓާ ލިބުނު އިރު، އެންމެ ގިނަ މީހުން ހައްޖަށް ދާނީ ސަރުކާރުގެ ހައްޖު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. ދެން ހައްޖަށް މީހުން ގެންދަނީ އަމިއްލަ ތިން ގްރޫޕަކުންނެވެ. އެއީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕާއި އަލްމަނާސިކްގެ އިތުރުން އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ އެވެ. މިއިން ކޮންމެ ގްރޫޕެ3އ2ްގެ ހަވާލުގައި 90 މީހުން ހައްޖަށް ދެ އެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 28 އެވެ.