Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ދިވެހިންގެ އުންމީދަކީ ޔާމީން: އަދުރޭ

މި އަހަރުގެ ރިޔާސީ އިންތިހާބާ އެކީ ދިވެހިންގެ އުންމީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޔާމީނު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތާ އިއްޔެ 900 ދުވަސްވުމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނެއް ނުހުއްޓުވޭނެ ކަމަށާއި ޔާމީނުގެ އެނބުރި ވަޑައިގަތުން އިހުނަށް ވުރެ މާ ވަރުގަދަވާނެ ކަމަށެވެ.

"ދިވެހީންގެ އުންމީދަކީ ރައީސް ޔާމީން." އަދުރޭ ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަގަށް ގޮވައި އޭނަ ވިދާޅުވީ ޔާމީނަށް ހަރާން ހުކުމެއް އިއްވައި ޖަލަށް ލެއްވީ މި ސަރުކާރުން ހިންގާ ޖަރީމާތަކުގެ ހަގީގަތް ޔާމީން ރައްޔިތުންނާ ހަމައަށް ތިލަކޮށް ދެއްވައި އެ ކަންކަމާ ދެކޮޅަށް ގައުމާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެކަން ކަށަވަރުވާތީ އެކަން ހުއްޓުވަން ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ސަރުކާރަނީ ރާއްޖޭގައި ދީނީ މިނިވަންކަން ދީ، ރާއްޖޭގެ މިނިވަންކަން ނަގައިލައި، ދައުލަތުގެ ޚަޒާނާ ދަވާލައި، ރާއްޖޭގެ ބިންބިމާއި ކަނޑު ވިއްކައި ހިންގަމުން ގެންދާ ޖަރީމާތަކާ ދެކޮޅު ހައްދަވާތީ ކަމަށެވެ.

ވ. އާރަށުގެ މައްސަލައިގައި މަނީ ލޯންޑްރިން އާއި ކޮރަޕްޝަންގެ ކުށްސާބިތުގެ ޔާމީނަށް ޖަލަށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެގާރަ އަހަރުގެ ޖަލު ހުކުމެއް އައި އިރު ޔާމީން ގެންދެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުންނެވެ. ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޔާމީނަށް އެރުވީ އޮގަސްޓް 19 ގަ އެވެ.