ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރްގެ ކުރިއަށް އޮތް ފިލްމު "އެނިމަލް" ކުރު ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.
އޭގައި ފެންނަނީ ވަރަށް ރަސްމީކޮށް ހެދުން އަޅައިގެން މޫނު ނިވާކޮށްގެން ތިބޭ ގިނަ އަދަދެއްގެ ބަޔަކާ، ފުރޯއެއް ހިފައިގެން ރަންބީރް ކުރިމަތިލައި ގަތުލުތަކެއް ހިންގާ ތަނެވެ. މި ކުރު ޓީޒާ ނިންމައިލަމުން ބުނެފައި ވަނީ ރަސްމީ ޓީޒާ ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އެނިމަލް" އަކީ ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ ޑާކް ތުރިލާއެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ އެންމެ ކާމިޔާބު އެެއް ފިލްމު ކަމަށްވާ ޝާހިދު ކަޕޫރްގެ "ކަބީރް ސިންގް" އެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އަންނަ އޮގަސްޓް މަހުގެ 11 ގައި ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ "އެނިމަލް" ގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، އަނިލް ކަޕޫރް، ޓްރިިޕްތީ ދިމްރީ، އަނިލް ކަޕޫރް އަދި ޝަކްތީ ކަޕޫރް ހިމެނެ އެވެ.
ރަންބީރްގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ، މޭ މައްކާރް" އެވެ.