ޗައިނާގެ ބްރޭންޑެއް ކަމަށްވާ ޝޯމީ ފޯނުގެ ހެޑްފޯނާއި ފޯނާ ގުޅުން ހުރި އެހެން އެކްސެސަރީޒްތައް އިންޑިއާގައި ޕްރޮމޯޓްކޮށް އިޝްތިހާރުކުރަން ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ބަތަލާ ޑިޝާ ޕަޓާނީ ހަމަޖައްސައިފި އެވެ.
މިކަން ޝޯމީން އިންސްޓްގްރާމްގައި ވެސް ޑިޝާގެ ފޮޓޯ ހިމެނޭ ޕޯސްޓަކާ އެކީ ހިއްސާކޮށްފައިވެ އެވެ.
ޝޯމީ އިންޑިއާ އިން ބުނި ގޮތުގައި އަންނަ އަންގާރަ ދުވަހު ކުންފުނީގެ އެންމެ ފަހުގެ އިއަފޯން، "ރެޑްމީ ބަޑްސް 4 އެކްޓިވް" ވެސް ލޯންޗްކުރާނެ އެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި އުފެއްދުތައް ޕްރޮމޯޓްކުރަން ޑިޝާ މަސައްކަތް ކުރާނެ އެވެ.
އަރަމުން އަންނަ ޒުވާން ބަތަލާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "އޭކް ވިލަން" އާއި "ރާދޭ" އާއި "ބާގީ 3" އަދި "މަލަންގް" ހިމެނެ އެވެ.