Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ނަޝީދަށް ލިބުނީ އަހަރެމެން ހޯދައި ދިން ތާއީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިހާތަނަށް ލިބުނު ތާއީދެއް ވިއްޔާ ލިބުނީ އެ ބޭފުޅުން މަސައްކަތް ކުރެއްވި މަސަައްކަތުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ބޭފުޅުންނަށް މަޖީލުގެ މެމްބަރުން ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވީ ނަޝީދުގެ ތާއީދާ އެކީގައޭ ކިޔައިގެން މީހުންނަށް ހަޖޫޖަހާ އިރު ހަގީގަތް ކުރީގެ ފޮޓޯތަކުން ވެސް ފެންނަން އެބައޮތް ކަމަށް ފޮޓޯއަކާ އެކީ މޫސަ ވިދާޅުވި އެވެ.

"މީ ނަޝީދު ވެރިކަމަށް ލާންވެގެން އަހަރުމެން ރަށްރަށަށް އަރައި ކުރިމަސައްކަތް. އަހަރުމެން ހޯދައި ދިން ތާއީދަކާ އެކީ އުމުރަށް މުސާރަ ކަށަވަރުވެފަ އެ ހުރީއޭ ބުނަންވީނު." އޭނަ ވިދާޅުވި އެވެ.

އެމްޑީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް ނުކުންނެނެވުމަށް ފަހު، ނަޝީދު އިސްކޮށް ހުންނަވައިގެން "ދަ ޑިމޮކްރެޓްސް" ކިޔާ ޕާޓީއެއް ރަޖިސްޓްރީކުރަން މިހާރު އޮތީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އެކަމަކު ނަޝީދު އަދި އެމްޑީޕީން ވަކިވެވަޑައެއްނުގަންނަވަ އެވެ.