އައްޑޫގެ ޓޫރިޒަމްގެ އިތުރުން މުޅި އިގުތިސާދު ބަދަލުކޮށްލަން އެހީތެރިވެ ދިނުމުގެ ގޮތުން އައްޑޫގައި ހިންގާ ވިޔަފާރިތަކަށް ޓެކްސް ކޮންސެޝަންތަކެއް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން މިއަދު ކުރެއްވި ސިލްސިލާ ޓްވިޓްތަކެއްގައިި އައްޑީގެ އިގުތިސާދު ރަނގަޅު ކުރަން، ހުރި މުހިއްމު ކަންތައްތަކެއް ފާހަގަކުރައްވައި، އެކަންކަމާ ގުޅޭ ބައެއް ވާހަކަތައް ހުލާސާކޮށް ހިއްސާކުރައްވާފައިވެ އެވެ.
މީގެ އިތުރުންވެސް އައްޑޫގެ ޓޫރިޒަމްގެ އިތުރުން މުޅި އިޤްތިޞާދީ ލޭންޑްސްކޭޕް ބަދަލުކޮށްލުމަށް އެހީތެރިވެދިނުމުގެ ގޮތުން އައްޑޫގައި ހިންގާ ވިޔަފާރިތަކަށް ޓެކްސް ކޮންސެޝަންތަކެއް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުން.
— Hamdhan (@Ahmed_hamdhan) June 11, 2023
އޭނަ ވިދާޅުވީ ސަރުކާރުން މިހާރު އައްޑޫގައި ހިންގަމުން އަންނަ މަޝްރޫއުތަކާއި ފަށަން ތައްޔާރުވާ މަޝްރޫޢުތައް ނިމުމުން އައްޑޫގައި މިހާރު ރަޖިސްޓްރީކޮށްފައިވާ 1،528 އެނދުގެ އިތުރަށް ގާތްގަނޑަކަށް 7،000 އެނދު އިތުރު ވާނެ ކަމަށެވެ. އަ×ި މިއީ އެވެ. އަދި މިއީ މިހާރުގެ ބެޑް ކެޕޭސިޓީ އަށް ވުރެ ހަތަރު ގުނަ ބޮޑު އަދަދެއް ކަމަށް ވިދާޅުވި އެވެ.
ހަމްދާން ހިސާބު ޖައްސަވާގައި ވަނީ ބަންދުކޮށްފައި އޮންނަނާ ތިން އަހަރެއްހާ ދުވަސްވީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ވެސް ހިމަނައިގެންނެވެ.
ސަރުކާރުން އިންވެސްޓްކުރާ މަޝްރޫޢުތައް ނިމުމުން އައްޑޫގައި މިހާރު ރަޖިސްޓަރީ ކޮށްފައިވާ 1528 އެނދު (ޝަންގްރިލާ ހިމަނައިގެން) ގެ އިތުރަށް ގާތްގަނޑަކަށް 7000 އެނދު އިތުރުކުރެވިގެންދާނެ. މިހާރުގެ ބެޑް ކެޕޭސިޓީ އަށް 4 ގުނައަށްވުރެ ބޮޑު އަދަދެއް އިތުރުވާނެ.
— Hamdhan (@Ahmed_hamdhan) June 11, 2023
"ކުރިން އެއްވެސް ސަރުކާރަކުން އަޅާނުލައި ދޫކޮށްލާފައިވާ ޝަންގްރިލާގެ މައްސަލަ ހައްލުކޮށް ދިނުމަށް ޝެއާ ހޯލްޑަރާ އެއްބަސްވުމުގެ ދަށުން ސަރުކާރުން ދޭން ޖެހޭ ލޯނު މި ސަރުކާރުން ދިން. އަދި، ޝަންގްރިލާގެ ހިއްސާ ދޫކޮށްލުމުގެ ކަންކަން ސަރުކާރުން ދަނީ ކުރަމުން." ހަމްދާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އައްޑޫގައި މިހާރު ހިންގަމުން އަންނަ ރިޒޯޓުތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސަރުކާރުން ސީދާ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަށް އިންޓަވެންޝަނެއް ހަދަންޖެހޭ ކަމަށް ދެކި، އިންވެސްޓްކުރަން ނިންމައި ސަރުކާރުން މަޝްރޫޢުތަކެއް ރާވައި މަސައްކަތް ވެސް ފެށިފައިވާ ކަމަށެވެ.
މިހާރު ހިންގަމުންދާ ރިޒޯޓުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސަރުކާރުން ސީދާ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަށް އިންޓަރވެންޝަނެއް ހަދަންޖެހޭ ކަމަށް ދެކި، އިންވެސްޓްކުރަން ނިންމައި ސަރުކާރުން މަޝްރޫޢުތަކެއް ރާވައި މަސައްކަތް ވަނީ ފެށިފައި.
— Hamdhan (@Ahmed_hamdhan) June 11, 2023
އެގޮތުން، ރިޒޯޓު ތަރައްގީ ކުރުމަށް 8.3 ހެކްޓަރުގެ ތިން ރަށާއި ފަސް ހެކްޓަރުގެ ދެ ރަށް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ރަށްތަކުން 500 ކޮޓަރި ބާޒާރަށް ނެރެވޭނެ ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.
"ރަށްތައް އުފައްދައި ނިމެންވާ އިރަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ސަރުކާރުން ދަނީ ކުރަމުން." އޭނަ ވިދާޅުވި އެވެ.