އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ތައްޔާރުވަމުން އައްޑޫ ހަންކެޑެ މަޝްރޫއުގެ ތެރެއިން އައްޑޫގެ މީހުން އުޅޭ އަވަށްތަކުގައި ހަތަރު ގެސްޓް ހައުސް އަޅަން ހަަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެތަނުގެ ޕޮލިސީ ސެކްރެޓަރި އަހުމަދު ހަމްދާން މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެ ގެސްޓްހައުސްތަކަކީ 75 ކޮޓަރީގެ ތަންތަން ކަމަށެވެ. އަދި މީގެ ސަބަބުން ޓޫރިސްޓް އައްޑޫގެ ބެޑް ކެޕޭސިޓީ އަށް 300 އެނދު އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ މިހާރު އައްޑޫގެ ބެޑް ކެޕޭސިޓީ 7،000 އަށް އެރުމެވެ.
ހަންކެޑެ މަޝްރޫޢުގެ ކޮންޓްރެކްޓް ތެރޭގައި އައްޑޫގެ މީހުން ދިރިއުޅޭ ރަށްތަކުގައި 75 ކޮޓަރީގެ 4 ގެސްޓްހައުސް ތަރައްޤީކުރުން ހިމަނާފައިވޭ. މިއީ އިތުރު 300 ކޮޓަރި.
— Hamdhan (@Ahmed_hamdhan) June 11, 2023
ހަމްދާން ވިދާޅުވި ގޮތުގައި ހަންކެޑެ މަޝްރޫޢު ޑިޒައިންކޮށްފައި ވަނީ ވީހާ ވެސް ގިނަ އިގުތިސާދީ ފުރުޞަތުތައް އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ ގޮތަށެވެ.
ހަންކެޑެ މަޝްރޫޢު ޑިޒައިންކުރެވިފައިވަނީ ވީހާވެސް ގިނަ އިޤްތިޞާދީ ފުރުޞަތުތައް އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ ގޮތަށް. ހަންކެޑެގައި ތަރައްޤީކުރެވޭ ކޮންމެ ވަސީލަތަކީ ވަކި ވަކި ވިޔަފާރިތަކަށް ކުއްޔަށް ދީގެން ވަކިން ހިންގޭނެ ތަންތަން.
— Hamdhan (@Ahmed_hamdhan) June 11, 2023
"ހަންކެޑެގައި ތަރައްޤީކުރެވޭ ކޮންމެ ވަސީލަތަކީ ވަކިވަކި ވިޔަފާރިތަކަށް ކުއްޔަށް ދީގެން ވަކިން ހިންގޭނެ ތަންތަން،" އޭނަ ވިދާޅުވި އެވެ. "ފްލެގްޝިޕް މަޝްރޫޢެއްގެ ގޮތުގައި ހަންކެޑެގައި 143 މިލިއަން ޑޮލަރަށް އިންޓެގްރޭޓެޑް ރިޒޯޓެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން. މިއީ 14 ހޮޓަލުގެ އިތުރުން ވިލާތަކާއި އެޕަޓްމަންޓްތަކުން 2،082 އެނދު އުފެއްދޭނެ މަޝްރޫޢެއް."
ފްލެގްޝިޕް މަޝްރޫޢެއްގެ ގޮތުގައި ހަންކެޑެގައި 143 މިލިއަން ޑޮލަރަށް އިންޓެގްރޭޓެޑް ރިޒޯޓެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން. މިއީ 14 ހޮޓަލުގެ އިތުރުން ވިލާތަކާއި އެޕަރޓްމަންޓްތަކުން 2082 އެނދު އުފެއްދޭނެ މަޝްރޫޢެއް.
— Hamdhan (@Ahmed_hamdhan) June 11, 2023
ހަންކެޑެ ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ އެވެ. ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.
މޯލްޑިވްސް ފަންޑްމެނޭޖްމެންޓް ކޯޕޮރޭޝަން (އެމްއެފް އެމްސީ) ހަންކެޑެ ޕްރޮޖެކްޓް ސީއެންއީސީސީއާ ހަވާލުކުރީ މާޗް 30 ގަ އެވެ.
އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ރަށްތަކުން ގެސްޓްހައުސް ތަރައްޤީކުރުމަށް ދޫކުރެވުނު ބިންތަކުގައި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ގެސްޓްހައުސް އެޅުމުގެ މަޝްރޫޢެއް ފެށުމަށް ދަނީ ތައްޔާރުވަމުން.
— Hamdhan (@Ahmed_hamdhan) June 11, 2023
އައްޑޫގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން އައްޑޫ ކައުންސިލުން އަވަށްތަކުގައި ފަސް ޓޫރިޒަމް ޒޯނެއް ކަނޑައަޅައި އެ ތަންތަނުން 98 ބިމެއް ކުއްޔަށް ދީފައިވެ އެވެ. އެގޮތުން އެ ބިންތަކުގައި އެސްޑީއެފްސީ މެދުވެރިކޮށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ގެސްޓްހައުސްތައް އެޅުމުގެ މަޝްރޫޢެއް ފެށުމަށް ވެސް އަންނަނީ ދަނީ ތައްޔާރުވަމުންނެވެ.