Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އައްޑޫ ހޮސްޕިޓަލަށް ނަރުހުން ހޯދަނީ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ރެޖިސްޓާޑް 10 ނަރުހުން ބޭނުންވާ ކަމަށާއި އެ ވަޒީފާތަކަށް ޝައުގުވެރިވާ ނަރުހުންނަށް އެޕްލައިކުރުމުގެ ފުރުސަތު މި މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ރެޖިސްޓާޑް ނަރުހުންގެ އަސާސީ މުސާރަ އަކީ މަހަކު 11،428ރ. އެވެ. އަދި ޖޮބް އެލަވަންސްގެ ގޮތުގައި މަހަކު 5،333ރ. ލިބޭ އިރު، ހާޒިރި އެލަވަންސަށް މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް ހާޒިރީ އިނާޔަތުގެ ގޮތުގައި 144ރ. ލިބޭނެ އެވެ. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ އާއި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ވެސް ލިބޭނެ އެވެ.

އޭއީއޭއެޗުން ބުނީ ރެޖިސްޓާޑް ނަރުހުންގެ މަގާމަށް ކުރިމަތިލާ މީހުން ޝޯޓްލިސްޓްކޮށް، އިންޓަވިއުތައް ކުރިއަށް ގެންދާނީ މި މަހުގެ 20-30 އާ ދޭތެރޭ ކަމަށެވެ.

ނަރުހުން ހޯދަން އިއުލާން ކުރުމުގެ އިތުރަށް އޭއީއެޗަށް ފަސް މެޑިކަލް އޮފިސަރުން ހޯދަން ވެސް އިއުލާންކޮށްފައިވެ އެވެ.