ރާއްޖެ އިން މި އަހަރު ހައްޖަށްދާ މީހުން މިއަދު ފުރަން ފެށުމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރާނީ މިއަދު މެންދުރު ފަހު 3:10 ގަ އެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ ފުރަތަމަ ގްރޫޕެވެ. އެގޮތުން ފުރަތަމަ ގްރޫޕްގައި 290 މީހުން ފުރާނެ އެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާގުޅޭ މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޮޓްލައިން ނަންބަރު 1443 މި ނަންބަރަށް ގުޅުއްވާ!#ޙައްޖު1444#MVIaffairs pic.twitter.com/eLhCbfqVrM
— Ministry of Islamic Affairs (@MVIaffairs) June 11, 2023
ހައްޖުވެރިން ފުރުން ކުރިއަށް ދާނީ މި މަހުގެ 19 އާ ހަމައަށެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖުވެރިން ފުރުމާ ގުޅޭ މައުލޫމާތު ސާފުކުރަން ހާއްސަ ހޮޓްލައިނެއް ވެސް ތައާރަފުކޮށްފަ އެވެ. އެއީ 1433 އެވެ.
ހައްޖުވެރިން ފުރާ ދުވަސްތަކާއި ގަޑިތައް:
* ޖޫން 13: ސިސިލްފަރު (90 ޙައްޖާޖީން) 12:50
* ޖޫން 15: އަލްމަނާސިކް (90 ޙައްޖާޖީން) 7:00
* ޖޫން 16: ޙައްޖު ކޯޕަރޭޝަން (290 ޙައްޖާޖީން) 3:10
* ޖޫން 16: އަލްޙަރަމައިން (90 ޙައްޖާޖީން) – 19:00
* ޖޫން 19: ޙައްޖު ކޯޕަރޭޝަން (290 ޙައްޖާޖީން) 3:10
ހައްޖު ކޯޕަރޭޝަންގެ އިތުރުން މި އަހަރު ރާއްޖޭން ހައްޖަށް ގެންދަނީ އަމިއްލަ ތިން ގްރޫޕަކުންނެވެ. އެއީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕާއި އަލްމަނާސިކްގެ އިތުރުން އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ އެވެ. މިއިން ކޮންމެ ގްރޫޕެއްގެ ހަވާލުގައި 90 މީހަކު ހައްޖަށްދާ އިރު، ބާކީ އަދަދު ހައްޖަށް ދަނީ ހައްޖީ ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
ރާއްޖެ އަށް މި އަހަރު ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. އަދި މި އަހަރުގެ އަމީރުލް ހައްޖަކީ ނައިނު ރައީސް ފައިސަލް ނަސީމެވެ.