ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭވަރަށް މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވާތީ ޖަލްސާ ނިންމާލައިފިއެވެ.
ޖަލްސާ ފެށުމާއެކު މެމްބަރުން ނިޒާމީ ނުކުތާ ނަގާ ވަނީ ޖަލްސާގެ އެޖެންޑާގެ މަސައްކަތް ކުރިއަށް ނުގެންދެވޭގޮތަށް ހުރަސް އަޅާފައެވެ. ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ނިޒާމީ ނުކުތާ ނަގާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް އޮތުމުންނެވެ.
މެންބަރުން ތަކުރާރުކޮށް ނިޒާމީ ނުކުތާނަގާފައިވާއިރު މިއަދުގެ ޖަލްސާއަށް ފުރަތަމަ އެޖެންޑާ ކޮށްފައިއޮތީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ސުވާލުކުރުމެވެ. އެހެންނަމަވެސް ޖަލްސާ ކުރިއަށް ނުގެންދެވުމުން ސުވާލު ކުރުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ނިޒާމީ ނުކުތާއާހެދި މަޖިލިސް މެދުކަނޑާލުމަށްފަހު ދެން ފެށިއިރު ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ހުށަހަޅާފައި އޮތް ކުއްލި މައްސަލައެކެވެ. އެހެންނަމަވެސް މެންބަރުން ތަޅުމުގައި ނިޒާމީ ނުކުތާއަށް ގޮވާ އަޑުގަދަ ކުރާވަރުން ޖަލްސާ ވަނީ ނިންމާލާފައެވެ.
މިފަހަކަށް އައިސް ނިޒާމީ ނުކުތާގައިޖެހި މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި އަންނަނީ ޖަލްސާ ނިންމާލަމުންނެވެ.