Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

މެޖޯރިޓީން މައިނޯރިޓީގެ ހައްޤުތައް ކަށަވަރު ކޮށްދޭންޖެހޭނެ

މެންބަރު ހަސަން އަފީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މެޖޯރިޓީން މައިނޯރިޓީގެ ހައްޤުތައް ކަށަވަރު ކޮށްދޭންޖެހޭނެ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނެވިއިރު ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ފުލުފުލުގައި ނިޒާމީ ނުކުތާ ނަގާފައެވެ.

އެގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މެޖޯރިޓީއަށް ތަބާވާންޖެހޭނެ ކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީން ކަމަކަށް އެދުމުން މައިނޯރިޓީ ކޮޅަށް ނޭރޭނެ ކަމަށެވެ.

އެވާހަކައާ ގުޅިގެން ރިޔާސަތުގައި އިންނަވާ އަފީފް ވިދާޅުވީ މެޖޯރިޓީން މައިނޯރިޓީގެ ހައްޤުތައް ކަށަވަރު ކޮށްދޭންޖެހޭ ކަމަށެވެ.

"މެޖޯރިޓީން މައިނޯރިޓީގެ ހައްޤުތައް ކަށަވަރު ކޮށްދޭންޖެހޭ، އެއީ ޑިމޮކްރަސީއަކީ. މައޮނޯރިޓީގެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށްފަހު މެޖޯރިޓީ [ބޭނުންގޮތަށް] ގެންދެވޭނީ،" އަފީފް ވިދާޅުވިއެވެ.

މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮންނައިރު ރިޔާސަތުން އިދިކޮޅާ ގުޅިގެން ކަންކަންކުރާ ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ މީގެކުރިން ތުހުމަތު ވެސް ކޮށްފައެވެ.