ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ލީޑަރު ޤާސިމް އިބްރާހިމަށް އެރުވުމަށް ބޭއްވި ޖަލްސާގައި ހުސްގޮނޑި ނަގާތަން ބައެއް ފަރާތްތަކުން ފޮޓޯ ނަގާފައިވަނީ ޖަލްސާގެ ރަސްމީ ބައި ފެށުމުގެ ކުރިން ކަމަށް ވިދާޅުވެ އަމާޒުވާ ފާޑުކިޔުންތަކަށް ޤާސިމްގެ ސްޕެޝަލް ޕޮލިޓިކަލް އެޑްވައިޒާ ރިޔާޒް ރަޝިދު ރައްދު ދެއްވައިފިއެވެ.
އެ ޖަލްސާ ފެށުމަށް އޮތްގަޑިއަށްވުރެއް މާބޮޑަށް ލަސްކޮށް ފަށާފައިވަނީ ބޭނުންވި އަދަދަށް މީހުން ޖަލްސާއަށް ހާޒިރުނުވުމުން ކަމަށްބުނެ ސޯޝަލްމީޑިއާގައި އަންނަނީ ފާޑުކިޔަމުންނެވެ.
އެވާހަކަތަކަށް ރައްދު ދެއްވާ ރިޔާޒް ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލްސާ ފެށީ ކުރިންވެސް ފަށަންއޮތް ގަޑީގައި ކަމަށެވެ. އެގޮތުން ޖަލްސާގެ ބައިވެރިންނަށް ދައުވަތުދިނީ 8:00 އަށް ކަމަށާއި ކައުންސިލު މެމްބަރުންނަށް ދައުވަތު ދިނީ 9:15 އަށް ކަމަށް ވިދާޅުވިއެވެ. އަދި ޖޭޕީގެ ލީޑަރަށް ދައުވަތު ދެއްވީ 9:40 އަށް ކަމަށާއި ޖަލްސާ ފަށަން އޮތީ 9:45 ކަމަށް ރިޔާޒް ރަޝިދު ވިދާޅުވިއެވެ.
"ޖަލްސާ ފެށުމުގެ އެއްގަޑިއިރު ކުރިންސުރެ ޖަލްސާ ފެށުމާއި ހަމައަށް ހަބޭސް ބޮޑުބެރު އޮތީ އެޖެންޑާ ކުރެވިފަ! އިދިކޮޅުން ހުސްގޮނޑި ފޮޓޯނެގީ ޖަލްސާގެ ރަސްމީބައި ފެށުމުގެ ކުރިން! ހުސްގޮނޑީގެ ފޮޓޯނަގަން ދިޔަކުދިން ވަރުބަލިވެގެން ގަޑީ އޮޅުނީ." ރިޔާޒް ރަޝީދުގެ ޓްވީޓްގައިވެއެވެ.
ޖަލްސާ ފެށީ ކުރިންވެސް ފަށަންއޮތް ގަޱީގަ ޖަލްސާގެ ބައިވެރިންނަށް ދައުވަތުދިނީ 8:00 އަށް ކައުންސިލު މެމްބަރުންނަށް ދައުވަތު ދިނީ9:15 އަށް ޕާޓީ ލީޱަރަށް ދައުވަތު ދެއްވީ 9:40 އަށް ޖަލްސާ ފަށަން އޮތީ 9:45
ޖަލްސާ ފެށުމުގެ އެއްގަޱިއިރު ކުރިންސުރެ ޖަލްސާ ފެށުމާއި ހަމައަށް ހަބޭސް… pic.twitter.com/moiagochC0— Riyaz Rasheed (@riyaz_rasheed) June 12, 2023
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ޤާސިމަށް އެރުވުމަށް ބޭއްވި ޖަލްސާގެ ހުސްގޮނޑިތައް ނަގާ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު ގިނަ ބަޔަކު ވަނީ އެ ޖަލްސާއަށް މީހުން ދިޔަ ވަރުމަދު ކަމަށް ބުނެ އެކަމަށް ފާޑުކިޔަމުންނެވެ.