އެންމެ ގިނަ ބަޔަކު އެއް ހަފުލާއެއްގައި ކައިވެނި ކުރުމުގެ ރެކޯޑް އިންޑިއާ އިން ހޯދައިފި އެވެ.
މި ރެކޯޑުން އެ ގައުމުން ހޯދީ މިދިޔަ މަހުގެ 26 ގައި ބަނާރަސްގައި ބޭއްވި ބިޔަ ކައިވެނި ހަފުލާއާ އެކީގަ އެވެ. އެ ހަފުލާގައި 2،143 މީހުން ކައިވެނިކުރި އެވެ. ހިންދޫންތަކެއްގެ އިތުރުން މުސްލިމުންތަކެއް ވެސް ކައިވެނި ކުރި ހަފުލާ އިންތިޒާމުކުރީ ޝްރީ މަހާވީރު ގޯޝާލާ ކަލިއަން ސަސްތަން ކިޔާ ޖަމާއަތަކުންނެވެ.
މި ކައިވެނި ހަފުލާގައި ކައިވެނިކުރި މީހުންނަށް ރާޖަސްތާންގެ ޗީފް މިނިސްޓަރު އަޝޯކް ގެލޯޓާއި މިނިސްޓަރު ޕްރަމޯދު ޖެއިން ބާޔާ މަރުހަވާ ވިދާޅުވެފައިވެ އެވެ.
Couples in Rajasthan tied the knot in a mass ceremony.https://t.co/ZCTNixcCem
— Guinness World Records (@GWR) June 10, 2023
ކައިވެނި ކުރި މީހުންނަށް ވަރަށް ގިނަ ހަދިޔާތައް ވެސް އެކި މީސްމީހުންގެ ފަރާތުން ލިބުނެވެ. އޭގެ ތެރޭގައި ޓީވީ އާއި ފްރިޖާއި ގޮދަނޑި އާއި ތެލިތައްޓާއި އިންޑަކްޝަން ކުކަރު ފަދަ ތަކެތި ހިމެނެ އެވެ.
މަހާވީރުން އިންތިޒާމުކުރި ކައިވެނިލާ އަށް ދުނިޔޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ކައިވެނި ހަފުލާގެ ރެކޯޑްގެ އިތުރުން 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ބަޔަކު ކައިވެނިކުރުމުގެ ރެކޯޑް ވެސް ގިނިސް ވޯލްޑް ރެކޯޑުން ވަނީ ކަށަވަރުކޮށް ދީފަ އެވެ.
މީގެ ކުރިން އެންމެ ބޮޑު ކައިވެނީގެ ހަފުލާގެ ރެކޯޑް އޮތީ 2013 ގައި ޔަމަނުގައި 963 މީހަކު ގައިވެނީގެ ގޮށްޖެހި ހަފުލާއަށެވެ.