Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ސީޝެލްސްއާ އެކީ 4 އެއްބަސްވުމެއްގައި ސޮއިކޮށްފި

ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާ ސީޝެލްސްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މި އެއްބަސްވުންތަކުގައި ސޮއި ކުރައްވާ އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ދެގައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށް ފަހުއެވެ.

އެގޮތުން ދެ ގައުމުގެ ދެމެދުގައި ސޮއި ކޮށްފައިވަނީ ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭނެ މަގުފަހު ކުރުމުގެ އެއްބަސްވުން، ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ފެށުމާ ގުޅޭ އެއްބަސްވުން، ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމް އަދި މެރިޓައިމް އެންޑް ސެކިއުރިޓީ ސޭފްޓީ ތްރެޓު އެއްބަސްވުމުގެ އިތުރުން ޒުވާނުންގެ ތަރައްގީއާ ގުޅޭ އެއްބަސްވުމެއްގައެވެ.

ދެގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށް އެއްބަސްވުންތައް ބަދަލުކުރުމަށްފަހު ދެގައުމުގެ ރައީސުން ވަނީ މީޑިއާ ސްޓޭޓްމެންޓެއްވެސް ދެއްވާފައެވެ.

ރައީސް ސޯލިހްގެ ދަތުރުފުޅަށް ސީޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެންދުރުގެ ފަރިއްކޮޅެއްވެެސް މިއަދު މެންދުރުފަހު އޮންނާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.