Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

"ދަ ޑިމޮކްރެޓްސް" ގެ ރަޖިސްޓްރީ ލަސްވާތީ އީސީ އަށް

ފޮޓޯ: ދަ ޑިމޮކްރެޓްސް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދުމަށް ހުށަހަޅާފައިވާ "ދަ ޑިމޮކްރެޓްސް" ޕާޓީ ރަޖިސްޓްރީ ކުރުން ލަސްވާތީ އެ ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފިއެވެ.

"ދަ ޑިމޮކްރެޓްސް" އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައިވަނީ ޕާޓީ ރެޖިސްޓަރ ކުރުން ލަސްވާތީއާއި ޕާޓީގެ މެންބަރުންނަށް ބިރުދައްކާ ނަހަމަ ނުފޫޒު ފޯރުވަމުންދާ މައްސަލައިގައި ކަމަށެވެ.

މި މބައްދަލުވުމުގައި "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން ބައިވެރިވަނީ މެންބަރު ހަސަން ލަތީފް، މެންބަރު އިލްޔާސް ލަބީބް، މެންބަރު އިމްތިޔާޒް ފަހުމީ، މެންބަރު އަހުމަދު ޒާހިރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްއެވެ.

ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 2023 މެއި 24 ވަނަ ދުވަހުއެވެ. ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް ޖޫން 1 ގައި 3560 ފޯމު އެ ޕާޓީން އީސީއަށް ހުށަހަޅާފައިވެއެވެ.

އޭގެފަހުން އެ ޕާޓީއަށް ސޮއިކުރި ބައެއް މެންބަރުންނަށް ބިރު ދައްކާ އިންޒާރު ދޭކަމަށްބުނެ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.