ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރާނެކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގައިފިއެވެ.
ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރާނެކަން މެންބަރުންނަށް އަންގަވާފައިވާކަން އަމީން އާންމު ފާތިމަތް ނިޔުޝާ ވަނީ "އައްޑޫލައިވް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ ނައިބު ރައިސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ މަޖިލީހުގެ ރައީސް ކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން އެމަނިކުފާނު ވަނީ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާކަން ހާމަކުރައްވާފައެވެ.
އީވާ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅި 50 މެންބަރުންގެ ސޮޔާއެކުއެވެ. އީވާ މަގާމުން ވަކިކުރަން ހުށަހެޅި ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް ހަމަވެފައިވަނީ އިއްޔެއެވެ.