Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

ހެއްޔާ މަކިޓާ މުބާރާތުގެ ވަނަތައް ހޮވައިފި

އެސްޓީއޯ ވިއްކާ މަކިޓާގެ ބްރޭންޑް އާލާތްތައް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެސްޓީއޯ އިން މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ "ހެއްޔާ މަކިޓާ" ގެ ވަނަ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފި އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލި މުބާރާތުގެ ބައިވެރިންނަށް އިނާމު ހަވާލުުކޮށްފައި ވަނީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި ބޭއްވި ހަފުލާއެއްގަ އެވެ.

މިމުބާރާތުން އެއްވަނަ ހާސިލްކޮށް 50،000ރ .ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ ލިބުނީ ހަސަން ޝާހިދަށެވެ. އޭނަ ތައްޔާރުކޮށްފައި ވަނީ ތަފާތު ތަކެތި ހިމެނޭ މަންޒަރެކެވެ. ދެވަނަ ލިބުނީ އުނދޯއްޔެއް ތައްޔާރުކުރި އަހުމަދު ހުސައިން މަނިކަށެވެ. އޭނަ އަށް އިނާމަކަށް ލިބުނީ 30،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާއެކެވެ.

މުބާރާތުން ތިން ވަނަ އަށް ހުށަޅި 15،000ރ. ގެ އަގުހުރި، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަ ހާސިލުކުރީ މުހައްމަދު ރަޝީދެވެ. މަކިޓާ ޓޫލްސް ބޭނުންކޮށްގެން އޭނާ ތައްޔާރުކުރީ ޑްރެސިން ޓޭބަލެކެވެ.

އެސްޓީއޯ އިން ބުނީ މި މުބާރާތުގެ ވަނަތައް ހޮވީ ފަނޑިޔާރުންގެ 70 ޕަސެންޓް މާކްހާއިއި އާންމުންގެ 20 ޕަސެންޓް އަދި ހުށަހެޅި ވީޑިއޯއަށް 10 ޕަސެންޓް މާކްސް ދީގެންނެވެ.