Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އީވާގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި

ރަައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއޮ އީވާގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް އެ މައްސަލަތައް އެޖެންޑާ ނުކޮށް މަޖިލިސް ކުރިއަށް ގެންދަން މަސައްކަތް ކުރުމުން މަޖިލީހުގެ ތަޅުން ހޫނުވެ މިއަދު ޖަލްސާ ޖެހުނީ ކުރިއަށް ނުގެންދެވިގެން ހުއްޓައިލާށެވެ.

ނަމަވެސް މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ސޮއި ކުރައްވައި، މަޖިލީހުގެ މެމްބަރުންނަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ބަހުސްގެ ވަގުތު އާންމު ކޮމިޓީން ކަނޑައަޅާފައި ނުވި ނަމަވެސް، އީވާގެ މައްސަލައިގައި ދިން 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ، އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ބަހުސްކުރާނެ ވަގުތު ކަނޑައަޅާނީ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ. ނަމަވެސް ކޮމިޓީތައް އެކުލަވާލުމުގައި އުފެދުނު ހިޔާލު ތަފާތުވުމަކާ ހެދި ކޮމިޓީތައް އޮތީ ހުއްޓުމަކަށް އައިސްފައެވެ.

އީވާގެ މަގާމިން ވަކިކުރަން މިދިޔަ މަހުގެ 23 ގައި ހުށަހެޅި 50 މެމްބަރަކު ސޮއިކޮށެވެ.