Last Updated: July 21, 11:48
Tuesday, July 21, 2026
ދުނިޔެ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

ލޭގެ ކެންސަތަށް ފަރުވާ ހޯއްދަމުން ގެންދެވި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރްލަސްކޯނީ މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން 86 އަހަރުގައި އޭނަ އަހަވާރަވުމާ ގުޅިގެން ސިޔާސީ ދާއިރާގެ ގިނަ ބަޔަކު މިހާރު އަންނަނީ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ. އެގޮތުން އިޓަލީގެ މިހާރުގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ހިތާމަ ފާޅުކުރައްވައި، ބަރްލަސްކޯނީ އަކީ އެ ގައުމުގެ ތާރީހު ވެސް ދުށް އެންމެ ނުފޫޒު ގަދަ އެއް ސިޔާސީ ޝަހުސިއްޔަތު ކަމަށް ވިދާޅުވެފައިވެ އެވެ.

ބަރްލަސްލޯނީ އަވަހާރަވީ މިދިޔަ ހަފުތާގެ ތެރޭގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވެސް އޭނަ އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދިނެވެ.

މި ފަހުން އޭނަގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ގިނަ ވަގުތު އޮންނަން ޖެހިވަޑައިގެންފައި އޮތީ ހޮސްޕިޓަލްގަ އެވެ. ނަމަވެސް ހޮސްޕިޓަލްގައި އޮންނަވައިގެން ވެސް ސަޕޯޓަރުންނަށް ވިދާޅުވަމުން ގެންދެވީ ކުރިއެކޭ އެއްގޮތަށް ސިޔާސީ މަސައްކަތްތަކަށް އެނބުރި ވަޑައިގަންނަނަވާނެ ކަމަށެވެ.

ބަރްލަސްކޯނީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.

އޭނަ އަކީ ހަތަރު ދައުރަކަށް އިޓަލީގެ ބޮޑުވަޒީރުކަން ކުރެއްވި އެ ގައިމުގެ ވަރަށް ނުފޫޒު ގަދަ ޝަހުސިއްތަޔެކެވެ. ވިޔަފާރިވެރިއެއްގފެ ގޮތުގައި ވެސް މަޝްހޫރު ބަރްލަސްކޯނީ އަކީ އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ޓީމް އޭސީ މިލާންގެ ކުރީގެ ހިއްސާދާރެކެވެ.