Last Updated: June 29, 02:00
Sunday, June 28, 2026
ޚަބަރު

ހުޅުމީދޫ ބަނދަރުގެ ތޮށިލުމުގެ މަސައްކަތް ނިމެނީ

ހުޅުމީދޫގައި ސަރުކާރުން ހަދަން ފަށާފައިވާ ބަނދަރުގެ މަސައްކަތް ނިމުމަކާއި ހިސާބަށް ގޮސްފިއެވެ. 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން ހުޅުދޫ އާއި މީދޫ އަށް އެއްބަނދަރު ހެދުމަށް ނިންމައި ހަދަން ފެށި ބަނދަރުގެ މަސައްކަތް ކުރިން ކޮށްފައިވަނީ ވޯކްސް ކޯޕަރޭޝަނުންނެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުން ދަނީ ލަންކާގެ ސެނަކަ ކުންފުނިންނެވެ.

1200 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރުގެ ބޭރު ތޮށި ގަނޑު ބޮޑު ހިލަ ޖަހައިގެން ހަދާއިރު، އެއްގަމު ތޮށިގަނޑު ހަދަމުންދަނީ ޝީޓް ޕައިލް ކޮށްގެންނެވެ.

ރަށާއި ގާތްގަޑަކަށް 1500 ފޫޓް ދުރުގައި ހަދަމުންދާ ބަނދަރުގެ ބޮޑު ބައި މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު އެއްގަމު ތޮށިގަނޑުގެ ބޮޑުބައިވެސް ވަނީ ނިމިފައެވެ.