މަޝްހޫރު ލަވަކިއުންތެރިއާ ޝިއުޒް މިރޭ ސީހައުސް އައްޑޫގައި ޕާފޯމް ކުރުމަށް ހަމަޖެހިއްޖެއެވެ.
މަޝްހޫރު ގިނަ ލަވަތަކެއް ކިޔާފައިވާ ޝިއުޒްގެ ލައިވް ޝޯވް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30ގައި އެވެ.
ސީ ހައުސްގެ ސީއީއޯ ފަސީ ބުނީ ޝިއުސްގެ ލައިވް ޝޯވްއެއް ބާއްވަން ތައްޔާރު ވަމުން އަންނަ އިރު ގިނަ ބައެއްގެ ތަރްހީބް ސީހައުސް އައްޑޫއަށް ލިބެމުން އަންނަ ކަމަށެވެ.
އެގޮތުން ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ "ސީހައުސް ބްރެކްފާސް ބުފެޓް" އައްޑޫން ވެސް މިހާރު ލިބެން ހަމަޖެހިފައިވާ ކަމަށް ފަސީ ބުންޏެވެ. އަދި މި ބުފޭއިން ކުޑަކުދިންނަށް ހިލޭ ކާން ލިބޭނެ ކަމަށެވެ.
ފޭދޫ ބަނދަރު ސަރަހައްދުގައި ހުޅުވާފައިވާ ސީހައުސްއަށް ގިނަ ބަޔަކު ދަނީ ޒިޔާރަތް ކުރަމުންނެވެ.