Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ދިވެހި ސިފައިންގެ ތަމްރީނެއް އިންޑިއާގައި

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ބާއްވާ 12 ވަނަ "އެކްސަސައިޒް އެކުވެރިން" ތަމްރީންތައް އިންޑިއާގައި އިއްޔެ ފަށައިފި ފަށައިފިއެވެ.

މި މަހުގެ 24 އާ ހަމައަށް ކުރިއަށްދާ ތަމްރީންގައި ދެ ގައުމުގެ 50 ވަރަކަށް ސިފައިން ބައިވެރިވެ އެވެ.

އިންޑިއާގެ އުތުރާކަންދުގެ ޗައުބަޓިއާގައި ކުރިއަށްދާ ތަމްރީނުގައި ކައުންޓަ ޓެރަރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާ ސިިފައިންގެ ޓެކްނިކަލް ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށް ދާނެ އެވެ. މީގެ އިތުރުން ދެ ގައުމުން ގުޅިގެން ކާރިސާގެ ވަގުތުތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމާއި ގުޅޭ ތަމްރީންތައް ވެސް ކުރިއަށް ގެންދާނެ އެވެ.

މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ޓެކްޓިކަލް ފެންވަރެއްގައި ދެ ގައުމުގެ ދެމުގައި އެއްބާރުލުންދީ، އެހީތެރިިކަން ފޯރުކޮށްދެ ވޭނެ އެވެ.

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އެންމެ ފަހުން ބޭއްވި 11 ވަނަ "އެކްސަސައިޒް އެކުވެރިން" ބާއްވާފައިވަނީ 2021 ބޭއްވީ ރާއްޖޭގަ އެވެ.