މަރުވި ކަމަށް ނިންމި މީހަކު ސަންދޯކަށް ލައި ޖަނާޒާ އަށް ތައްޔާރުވަމުން ދަނިކޮށް "ދިރުމާ" ގުޅިގެން އެ މައްސަލަ ބަލަން އިކްއެޑޯ އިން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެލާ މޮންޓޯޔާ ކިޔާ 76 އަހަރުގެ އަންހެން މީހާ މަރުވި ކަމަށް މިދިޔަ ހުކުރު ދުވަހު ޑޮކްޓަރު ނިންމެވީ އޭނަ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަށް ގެންގޮސް ފަރުވާދާން ފެށި އިރު އެއްވެސް ވަރަކަށް ނޭވާ ނުލައި، ހަށިގަނޑުގެ ހުރިހާ ހަރަކާތެއް ވެސް ހުއްޓިފައިވާތީ އެވެ.
އެހެންވެ ބެލާ މަރުވި ކަމަށް ނިންމުމުން އޭގެ ފަސް ގަޑިއިރު ފަހުން ޖަނާޒާގެ ތެރޭގައި އޭނަ ސަންދޯކު ގެ ތެރޭގައި ނޭވާލާކަން އެނގިގެން ވަގުތުން ޕެރަމެޑިކަށް ގުޅައި އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ އައިޔޫސީގައި ފަރުވާ ދެމުންނެވެ.
މި ހާދިސާއާ ގުޅިގެން އިކްއެޑޯގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަންހެން މަރުވި ކަމަށް ނިންމި މައްސަލަ ހާއްސަ ކޮމިޓީއަކުން މިހާރު ތަހުގީގުކުރަމުބް އަންނަ ކަމަށެވެ. އަދި އެކަމުގައި ޑޮކްޓަރާއި ހޮސްޕިޓަލްގެ އެއްވެސް އިހުމާލެއް އޮތް ނަމަ އަޅަން ޖެހ ފޔަވަޅު އަޅާ ނެ ކަމަށް ބުންޏެވެ.