މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅުމާ ގުޅިގެން މަޖިލީހުގައި މަރުތަޅު އެޅި މަސައްކަތް ހުއްޓިފައި އޮތް އޮތުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އީވާ ވަކިކުރުމުގެ މައްސަލަ މިއައަށް އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތި، ޖަލްސާ ކުރިއަށް ނުގެންދެވުމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ކުރިއަށް ނުދިއުމުގެ ޒިންމާ އެމްޑީޕީ އާއި ސަރުކާރުން ނަގަން ޖެހޭނެ ކަމަށެވެ.
Sarukaarah Majority oveme, Majlis deadlock akah! Speaker & Deputy Speaker ge No-confidence sarukaaru lead kuraa MDP in Majlis ah hushahalhaigen, jalsaathah kuriah nudhaanekan MDP aai sarukaarah engeyne! Majlis deadlock ah dhiumuge zimmaa MDP aai sarukaarun naganjeheyne!
— Adam Shareef Umar (@Adamshareefz) June 13, 2023
"ސަރުކާރަށް މެޖޯރިޓީ އޮވެމެ، މަޖިލިސް ޑެޑްލޮކަށް. އެމްޑީޕީ ލީޑްކުރާ މަޖިލީހަށް ރައީސާއި ނައިބު ރައިސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިގެން ޖަލްސާތައް ކުރިއަށް ނުދާނެކަން އެމްޑީޕީ އާއި ސަރުކާރަށް ވެސް އެނގޭނެ." އާދަމް ޝަރީފު ވިދާޅުވި އެވެ.
އެމްޑީޕީން ބުނަމިން އަންނަނީ ނަޝީދާއީ އީވާ ވަކިކުރުމުގެ މައްސަލަގައި ގޮތެއް ނުނިމެނީސް މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނަމުންނެވެ. އެހެންވެ އެބޭފުޅުން އަމިއްލަ އަށް ވެސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
ނަޝީދު ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހަށް އަންގަވައިފަ އެވެ.