ސްޓެލްކޯގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ދިނުމަށް އެ ކުންފުނިން ޕްރޮގްރާމެއް ހިންގައިފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނީގައި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ޔޫތު މިނިސްޓްރީއާއި ގުޅިގެން ވަނީ "ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް"ގެ ނަމުގައި ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމުގައި 24 ޒުވާނަކު ބައިވެރިވިކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ. އަދި މި ޕްރޮގްރާމްގައި އެކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، ކުންފުނީގެ އެކި ދާއިރާތަކުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ވަނީ ފޯރުކޮށްދެވިފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
ގްރޭޓާ މާލެ ސަރަހައްދުގައި އަދި ރާއްޖޭގެ އެކި ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ސްޓެލްކޯއިން މިފަހުން ވަނީ މަސައްކަތުގެ ދާއިރާތަކަށް މީހުން ބިނާކުރުމަށް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފިއެވެ.