Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަމަށް އެއްބަސްވުމެއް

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދެވެ. އީސީގެ ފަރާތުން ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގެވެ.

މި އެއްބަސްވުމުގަި ފަހުމުނާމާގައި ސޮއި ކުރެއްވުމަށް ފަހު ފުއާދު ވިދާޅުވީ އެއްބަސްވުމުގައި އިންތިޚާބާ ގުޅުން ހުރި ސަލާމަތީ ކަންކަމާ އިންތިޚާބާ ގުޅުން ހުރި ކަމެއްގެ ގޮތުގައި އެެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެނޫން ވެސް ކަންކަމުގައި އެ ކޮމިޝަންގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެފަރާތުން އަމަލުކުރާނެ ގޮތްތަކާ ހަމަތައް ބަޔާންކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނ ސެޕްޓެމްބަރު 9 ގަ އެވެ.