އައްޑޫގައި ތިބި ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާން ކައުންސިލުން ހުޅުވާލައިފި އެވެ.
އެތަމުން ބުނީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 22 އާ ހަމައަށެވެ.
ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވާން ޖެހެނީ މިހާރު ރަށުގައި ދިރިނޫޅޭ ފާރާތްތަކާއި ދަފުތަރުގައި ރަޖިސްޓަރީކުރި ފަހުން ކައިވެނީގެ ޚާލަތަށް ބަދަލުއައިސްފައިވާ (ކައިވެނިކޮށް ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޚާލަތު ބަދަލުވެފައިވާ ފަރާތްތަކުގެ އިތުރުން ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޢާއިލާއެއްގައި މި މަހުގެ 22 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނެއް/ފިރިހެނުން ހިމެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭ އާއިލާތަކުންނެވެ.
ކައުންސިލުން ބުނީ 1444 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުން ދަފުތަރުގައި ރަޖިސްޓްރީވާން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، ފިޠުރު ޒަކާތުގެ ފައިސާ ލިބުނުކަމުގައި ވިޔަސް، ކުރިން ފާހަގަކުރި ހާލަތްތަކަށް ބަދަލު އައިސްފައިވާ ނަމަ އެފަދަ ޢާއިލާތަކުން އަލުން ފޯމު ފުރަން ޖެހޭނެ އެވެ.