ސްކޫލް ދަރިވަރުންނަށް ކުރިމަތިލާ ނަފުސާނީ މައްސަލަތަކުގައި ފުރަތަމަ އެހީދޭން ހާއްސަކޮށްގެން ހެލްޕްލައިނެއް ތައާރަފުކޮށްފި އެވެ.
އެޑިޔުކޭޝަނުން މިނިސްޓްރީން ޔުނިސެފާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އެހީގައި ގާއިމުކުރި ހެލްޕްލައިން އިފުތިތާކޮށް ދެއްވީ ފަސްޓްލޭނީ ފަޒުނާ އަހުމަދެވެ. މި ހެލްޕްލައިނަކީ "1484" އެވެ.
މި ހެލްޕްލައިންގެ ހިދުމަތް ހުކުރު ފިޔަވައި ކޮންމެ ދުވަހަކު މެންދުރު ފަހު 3:00 އިން ރޭގަނޑު 9:00 އަށް ލިބޭނެ އެވެ.
ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ހެލްޕްލައިން ’1484‘ އިފުތިތާހުކުރުމުގެ ރަސްމިއްޔާތު. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު. pic.twitter.com/7cUkkAPw84
— Ministry of Education (@MoEdumv) June 13, 2023
ހެލްޕްލައިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި މި މަހުގެ 18 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކުރި ފުރަތަމަ ހެލްޕްލައިނެވެ. މޯގެ ދަށުން އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރާނީ އެކަމަށް ހާއްސަކޮށްގެން ތަމްރީން ދީފައިވާ ސްކޫލްތަކުގައި މިހާރު ތިއްބެވި ކައުންސިލަރުންނެވެ.
މި ހެލްޕްލައިނުން ސަރުކާރުން ހިންގާ ރާއްޖޭގެ ހުރިހާ ސްކީލެއްގެ ދަރިވަރުންނަށް ވެސް ހިދުމަތް ހޯދޭނެއެވެ.