Last Updated: July 21, 11:48
Tuesday, July 21, 2026
ދުނިޔެ

100 ގަޑިއިރު ކައްކައިގެން ރެކޯޑް ކަށަވަރު

ރެކޯޑެއް ހަދަން ހުއްޓުމެއް ނެތި 100 ގަޑިއިރު ކެއްކި މީހާ އަށް އެ ރެކޯޑް ކަށަވަރުކޮށް ދީފި އެވެ.

ރެކޯޑް ކަށަވަރުކޮށްދިން ވާހަކަ ގިނިސް ވޯލްޑް ރެކޯޑުން މިއަދު އިއުލާން ވެސްކޮށްފައިވެ އެވެ.

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދަން ހުއްޓުމެއް ނެތި 100 ގަޑިއިރު ކެއްކީ މިދިޔަ މަހުގެ 11-15 އަށެވެ. ރެކޯޑެއް ހަދަން ކެއްކި ވަގުތުގެ ތެރޭގައި ހިލްޑާ ވަނީ ނައިޖީރިއާ އަށް ހާއްސަ 55 ކެއުމެއް ތައްޔާރުކޮށްފަ އެވެ. މި ކެއްކުން އޭނަ ކުރިއަށް ގެންދިޔައީ އެ ގައުމުގެ ކެއުންތަކުގެ ވަރުގަދަކަން ދައްކައިލަން ކުރިއަށް ގެންދިޔަ މެރަތަން ކިޗަން ސެޝަނެއްގެ ތެރޭގަ އެވެ. އޭގައި 100 އަށް ވުރެ ގިނަ ކެއުންތައް ތައްޔާރުކޮށްފައިވެ އެވެ.

މީގެ ކުރިން އެންމެ ގިނައިރު ކައްކައިގެން ރެކޯޑެއް ހަދާފައި އޮތީ 2019 ގަ އެވެ. އޭރު އިންޑިއާގެ ޝެފެއް ކަމަށްވާ ލަތާ ޓަންޑަނަށް އެ ރެކޯޑް ލިބުނީ ހުއްޓުމެއް ނެތި 87 ގަޑިއިރާއި 45 މިނިޓަށް ކައްކައިގެންނެވެ.

ރެކޯޑް ކަށަވަރުވުމާ ގުޅިގެން ހިލްޑާ އަށް ވަނީ ބޮޑު އުފަލެއް ލިބިފަ އެވެ.